މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރަން ދަ ޑިމޮކްރެޓްސްއިން ނިންމައިފިއެވެ.
މި މަހުގެ 18 ވަނަ ދުވަހުގެރޭ ޑިމޮކްރެޓްސްއިން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވަނީ މި މަހުގެ 28 ގެ ކުރިން ނިޒާމީ ވޯޓެއް ނަގަން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެމްޑީޕީން އެއްބަސްވާނަމަ އެ ޕާޓީއާ މަޝްވަރާ ކުރުމަށެވެ.
ޕީޕީއެމް ޕީއެންސީގެ ސަރުކާރުގައި ޑިމޮކްރެޓްސް ހިއްސާވާ މިންވަރާއި އެ ޕާޓީގެ ސިޔާސަތުތައް ހިމެނޭ މިންވަރު ބަޔާންކުރާ އެއްބަސްވުމެއްގައި ސޮއިކުރަން އެއްބަސްވާނަމަ ޕީޕީއެމްއާއެކު ވެސް މަޝްވަރާ ކުރުމަށް ނިންމިއެވެ.
ޑިމޮކްރެޓްސްއިން ބުނީ އެ ޕާޓީން ހުށަހެޅި ހުށަހެޅުންތަކަށް ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީން ވެސް އެއްބަސްވެފައިނުވާ ކަމަށެވެ. އެހެންކަމުން އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރަން ނިންމާފައިވާ ކަމަށެވެ.