ރ.މާކުރަތު ކައުންސިލުގެ ރައީސް މުޙައްމަދު ރަމީޒް ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ.
އޭނާ އަކީ ކުރިން އެއްވެސް ޕާޓީއެއްގެ މެމްބަރެއް ނޫނެވެ.
ރަމީޒް ޕީޕީއެމްއާ ގުޅިވަޑައިގަތީ ރިޔާސީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު މިހާރު ރ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާކުރަތުގައި ބޭއްވި ކެމްޕޭން ޖަލްސާގައެވެ.
އެ ޖަލްސާގައި ރަމީޒްގެ މެމްބަރޝިޕް ފޯމާ ހަވާލުވެވަޑައިގަތީ، މާލޭގެ މޭޔަރު، ޑރ.މުހައްމަދު މުއިއްޒެވެ.
ރަމީޒްގެ އިތުރުން އެ ރަށުގެ ގިނަ ބަޔަކު ވެސް މިއަދު ވަނީ ޕީޕީއެމްއަށް ސޮއިކޮށްފައެވެ.
