ބ.ފުޅަދޫގައި އެއާ ޓެކްސީގެ ހިދުމަތް ފެށުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނުގައި އެރަށަށް ވަޑައިގެން މުއިއްޒު ވިދާޅުވީ، ފުދުންތެރި ރައްޔިތެއް ބިނާ ކުރުމަކީ އެންމެ އިސްކަމެއް ދެއްވާ ކަންތައް ކަމަށާއި، ޓޫރިޒަމް ފުޅާކޮށް އާމްދަނީ އިތުރުވާނެގޮތާއި،ސްވެރިކަން އަދި ދަނޑުވެރިކަންވިޔަސް ކުރެވޭނެ މަގު ފަހި ކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގެސްޓްހައުސް އެޅުމަށް އެހީތެރިކަންދީ އިގްތިސާދު ބިނާކުރުމަށް ފަހި ކޮށްދެއްވާނެ ކަމަށާއި، ބެޑް ކެޕޭސިޓީ ރަށުގައި އިތުރުކުރަން ސަޕޯޓް ދެއްވުމަށް ވެސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.
އަދި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމަށާއި، އެއަރ ޓެކްސީގެ ޚިދުމަތް ރަށުގައި ފައްޓަވާނެކަން ވެސް މުއިއްޒު ވަނީ ހާމަކުރައްވައިފައެވެ.
ރަނގަޅު ފެންވަރުގެ ސިއްޙީ ނިޒާމު ގާއިމް ކުރަން ކުރާނެ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
