ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ޒިޔާރާތް ކުރައްވައި، ހިޔާ ފްލެޓްތަކުގައި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ދޮރުން ދޮރަށް ހިންގަވައިފިއެވެ.

މަހުލޫފު އާއްމު ކުރެއްވި ވީޑިއޯއަކުން ފެންނަނީ، ހިޔާ ފްލެޓެއްގައި އެމަނިކުފާނު ލަވަ ކިޔުއްވާ މަންޒަރެވެ. މަހުލޫފާއެކު އެ ފްލެޓްގައި އުޅޭ މީހަކު ވެސް ލަވަ ކިޔާ މަންޒަރު ވެސް ފެނެއެވެ.

‏“ހިޔާ ފްލެޓު ތަކުގައި ދިރިއުޅޭ ބައެއް ގޭގެއަށް މިއަދު ޒިޔާރަތްކޮށްލެވުނު. ހިޔާ ފުލެޓު ތަކަކީ ވަކި ބައެއްގެ ބާރު ހިނގާ އަދި އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ގާތަށްގޮސް ހާލުބެލުމަކީ އަޅުގަނޑުމެންނަށް ނުކުރެވޭނެ ކަމެއްކަމަށް ބުނެ ދައްކަމުން ދިޔައީ ހަގީގަތާއި ހިލާފު ވާހަކައެއްކަން މިއަދު ޔަގީންކުރެވުނު.“ ރޭގެ ކެމްޕެއިން ހަރަކާތާއި ގުޅޭގޮތުން މަހުލޫފު ވިދާޅުވިއެވެ.

‏މަހުލޫފު ވަނީ ފޭސް2އިން ދެއްވި ތާއީދާއި ލޯތްބަށް ޝުކުރު އަދާކުރައްވައިފައެވެ.

އެމްޑީޕީގެ އިސް ބޭފުޅުން، ރިޔާސީ ކެމްޕެއިނުގައި އެކަނި ހިޔާ ސަރަހައްދަށް ވަޑައިގެން، އެތަނުގެ ރައްޔިތުންގެ ހާލު ބަލާތީ، ގިނަ ބަޔަކު ދަނީ މިކަމަށް ފާޑު ވެސް ކިޔަމުންނެވެ.

‏