ކުރީގެ ޓޫރިޒަމް މިނިސްޓަރު، އަދި ޖުމްހޫރީ ޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދު ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަތުމާއިމެދު ނިންމަވާ ނިންމެވުން މާދަމާ ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ޖޭޕީ ބަލިވުމާއިއެކު، މީގެ ދެ ދުވަސް ކުރިން، އަލީ ވަހީދު އެ ޕާޓީ ދޫކުރެއްވިއެވެ.

‏މިރޭ ކުރެއްވި ޓްވީޓެއްގައި އަލީ ވަހީދު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ކަންބޮޑުވީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމާ ގުޅޭގޮތުން ކަމަށެވެނ ރައްޔިތުންގެ ގިނަބަޔެއްގެ ކަންބޮޑުވުމަކީވެސް އެއީ ކަމަށާއި، ކަމުގެ ހަގީގަތް ޓައިމްލައިނާއެކު ބަލާފައިވާ ކަމަށެވެ.

”އިރާދަފުޅުން މާދަމާ އަޅުގަނޑު ނިންމާ ނިންމުން ހާމަ ކުރާނަން.“ އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދަށް ތުހުމަތުވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް އޮއްބާލިއިރު، އޭނާ ދެން ގުޅޭނީ އެމްޑީޕީއާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.