އަންނަ މަހުގެ 29 ވަނަ ދުވަހު ނިޒާމީ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަން(އީސީ) މަޝްވަރާ ކުރެވިފައި އޮތްކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދް ތައުފީގު ވިދާޅުވެއްޖެއެވެ.
އީސީއިން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކުވަނީ ނިޒާމީ ވޯޓު ނެގޭނީ ކޮންދުވަހަކުންތޯ ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އީސީގެ ރައީސް ފުއާދަ ތައުފީގް ވިދާޅުވީ ނިޒާމީ ވޯޓު ނެގުމާ ގުޅޭގޮތުން ކޮމިޝަންގެ ތެރޭގައި މަޝްވަރާ ކުރެވިފައިއޮތީ އޮކްޓޫބަރު 29 ވަނަ ދުވަހު އިންތިޚާބު ބާއްވާ ގޮތަށް ކަމަށެވެ.
ފުއާދު ތައުފީޤު ވިދާޅުވީ ބަޖެޓް ލިބިއްޖެނަމަ ރިޔާސީ އިންތިހާބު ނިމޭގޮތަށް ނިޒާމީ ވޯޓަށް ހޭލުންތެރިކުރުމުގެ މަސައްކަތް އީސީން ފަށާނެ ކަމަށެވެ.
ނިޒާމީ ވޯޓު ނެގުމަށް ބޭނުންވާ ގަވައިދު އެކުލަވާލުމުގެ މަސައްކަތް އިއްޔެ ކުރެވިފައިވާކަން ފާހަގަ ކުރައްވާ ފުއާދް ވިދާޅުވީ ނިޒާމީ ވޯޓު ނެގުމުގައި އީސީއަށް ކުރެވެން އޮތް އެންމެ ފުޅާމިނުގައި ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައިވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. މި ގަރާރު މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

ކެނެރީގޭ ނަޝީދުގެ އެދުމަށް އިލްޔާސް ހުށަހެޅިކަމަށް ވަނީ އިލްޔާސް އަކީ އަންނިގެ ޕަޕެޓް އަމިއްލައަށް އެއްވެސް ކަމެއް ކުރަން އިނގޭ ސޮރެއް ނޫން .