އޯވަރީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ އުމުރުން އެންމެ 10 އަހަރުގެ އައިމިނަތު އަލީ އާދަމް (އާމި) ނިޔާވެއްޖެއެވެ.
އޭނާ ނިޔާވިއިރު ފަރުވާ ދެމުންދިޔައީ އައިޖީއެމްއެޗްގައެވެ.
އޮވޭރީގެ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ އާމި އިތުރު ފަރުވާއަށް އަވަށްޓެރި އިންޑިއާއަށް ވެސް ގެންދިޔަ ނަމަވެސް، އެތައް އޮޕަރޭޝަނަކަޒް ފަހުންވެސް އޭނާގެ ހަށިގަނޑުގައި ބަލި ދިޔައީ ފެތުރެމުންނެވެ.
ކެންސަރު ސެލްތައް ފެތުރުން ކޮންޓްރޯލް ވެސް ނުވުމުން، އާމި ބެލި ޑޮކްޓަރުން ވަނީ، އޭނާ ރަނގަޅުވެދާނެކަމާއިމެދު އުއްމީދު ވެސް ކަނޑާލައިފައެވެ.
ހުޅުމާލެ ރެހެނދި ސްކޫލުގައި ގްރޭޑް 5 ބީ ގައި ކިޔަވަމުން ދިޔަ ދަރިވަރު، އާމިއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައި މިދިޔަ އަހަރުއެވެ.
އޭނާގެ މައްޗަށް،.މިރޭ 22:30 ގައި ހުޅުމާލެ ސަހަރާގައި ވަނީ ކަށުނަމާދު ކޮށްފައެވެ.

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ، 💔
މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ! 🤲🏽