ދަ ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަޤާމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވާދަ ކުރައްވަން ނިންމަވައިފިއެވެ.

މިކަން ހާމަކޮށް ހަސަން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑިމޮކްރެޓްސް ގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ހުރިހާ ޑިމޮކްރެޓުންގެ ތާއީދާއި އެހީތެރިކަން ދެއްވުން ވަރަށް ބޮޑަށް އެދޭ ކަމަށް ހަސަން ވިދާޅުވެފައި ވެއެވެ.

ޑިމޮކްރެޓްސްގެ ރައީސް ކަމަށް، އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވެސް ވާދަ ކުރައްވާނެއެވެ. އެ ޕާޓީގެ އިންޓެރިމް ކައުންސިލުން، ޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވާނީ އަންނަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.