މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ފުރުތަމަ ބުރަށްވުރެ އިތުރަށް 12 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ބުނެފިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ފުރަތަމަ ބުރުގައި 574 ވޯޓު ފޮށި ބެހެއްޓިނަމަވެސް، ދެވަނަ ބުރުގައި 586 ވޯޓު ފޮށި ބެއްހެއްޓުމަށް ނިންމާފައިވާކަމަށެވެ.

ވޯޓު ފޮށި އިތުރުވީ މާލެ ސަރަަހައްދުގެ އިތުރުން ޓްރިވެންޑްރަމަށެވެ.

ވޯޓު ފޮށި އިތުރަށް ބަހައްޓާ ތަންތަން:

– މާލެއަށް 4 ވޯޓު ފޮށި

– ހުޅުމާލެ ފުރަތަމަ ފިޔަވަހި 2 ފޮށި

– ހުޅުމާލެ ދެވަނަ ފިޔަވަހި 4 ފޮށި

– ވިލިމާލެއަށް 1 ފޮށި

– އިންޑިއާގެ ޓްރިވެންޑްރަމަށް 1 ފޮށި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށް ބަދަލު އައިސްފައިވަނީ ރީ-ރަޖިސްޓްރޭޝަނަށްފަހު ވޯޓު ލެވޭ މީހުންގެ ޢަދަދަށް އައިސްފައިވާ ބަދަލާއި ގުޅިގެންނެވެ.