ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.
އަލީ އާރިފްގެ އަނބިކަނބަލުން މާޝާ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރީ މުހައްމަދު މުއިއްޒުގެ ވެރިކަމެއް ގާއިމް ކުރެވިގެން ކަމަށް ގަބޫލު ކުރައްވާކަމަށާއި، މުއިއްޒުއަކީ އެކަމަށް އެންމެ ގާބިލް ބޭފުޅާކަމާށް ގަބޫލު ކުރައްވާ ކަމަށެވެ.
ވައިކަރަދޫ ދާއިރާއާއި ކެލާ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ އަލީ އާރިފަކީ ހއ.ވަށަފަރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އަލީ އާރިފާއި މުއިއްޒުއަކީ އާއިލީ ގޮތުން ދެބެއިންގެ ދެދަރި ދެބޭފުޅުންނެވެ.

ޢާރިފަކީ ވަގެއް، ދިއްދޫ ރައްޔިތުންގެ މުދާތަކާއެކު ވަށަފަރު ބޯޓް ފަރަށް އަރުވާލާފަ އޭގަހުރި ހުރިހާ މުދަލެއް ވަށަފަރުމީހުންގެ ގެތަކަށް ގެންގޮސް ބޭނުންކޮށްލީ، ދިއްދޫ ރައްޔިތަކަށް ބަދަލެއްނުދިންތާ މަޢާފައްވެސް ނޭދޭ، ބޯޓް އޮތީ އިންސިއުރެންސްކޮށްފަ އެއިން ލިބުނު ލާރިގަނޑުވެސް ކާލައިގެންއެހުރީ
ހެހެހޭ ޖެހިވަޅައްޖަހާގުރޫޕެއްތޯތިޔައީ