ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްލެވޭ މީހުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓާ ކުރަން ހުށައެޅި ފޯމްތަކުގެ ތެރެއިން ސައްހަވީ 38،763 ފޯމް ކަމަށެވެ.
އަދި ސައްހަކަން ކަށަވަރު ނުވީ 11،284 ފޯމް ކަމަށެވެ. ރީ-ރަޖިސްޓާ ކުރަން ހުށައެޅި ފޯމްތަކާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަނުން ޝަކުވާ ހުށަހަޅަން ދިން 48 ގަޑިއިރުގެ މުއްދަތުގައި 361 ޝަކުވާއެއް ވަނީ ހުށަހަޅާފައެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި މައިގަނޑު ޝަކުވާ ލިބުނީ ސައްހަކަން ކަށަވަރު ނުކުރެވުނު ހުށައެޅުންތަކާއި ގުޅޭގޮތުންނެވެ. އަދި އެމީހާއަށް ނޭނގި އެމީހާގެ ނަމުގައި ސައްހަ ނޫން ފޯމް ހުށައަޅައިގެން ވެސް ބައެއް ޝަކުވާ ލިބުނު ކަމަށް ކޮމިޝަނުން ބުންޏެވެ.
