ސައިކަލެއް ވަގަށް ނަގާފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ފުލުހުން މިއަދު ވަނީ ލޮނުޒިޔާރަތްމަގު ލިންޗްޕިން ކައިރީގައި ޕާކޮށްފައިހުރި ސައިކަލެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހާ ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ.
ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހަކީ ކާކުކަން ދެނެގަނެވިފައިނުވާ ކަމަަށެވެ.
އެހެންކަމުން އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މައުލޫމާތެއް 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
