އިދިކޮޅު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވަން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ނިންމަވައިފިއެވެ.
މި ނިންމެވުމާއި ގުޅިގެން ހައިލަމް ވިދާޅުވީ މުއިއްޒަށް ތާއީދުކުރައްވަން ނިންމެވީ ރާއްޖޭގެ ސިޔާދަތާއި އަމާންކަމަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި ގޮންޖެހުންތައް ނައްތާލައި ގައުމުގައި ހަމަޖެހުމާއި އަމާންކަން ގާއިމުކޮށް މާތްވެގެންވާ އިސްލާމްދީނަށް މި ގައުމުގައި ކުރިމަތިވަމުންދާ ފުރައްސާރަކުރުންތައް ހުއްޓުވައި، ދީނީ ވަޙުދަތު ގާއިމްކޮށް، އިގްތިސޯދީގޮތުން މި ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް ފުދުންތެރި ޖީލެއް ބިނާކުރެވޭނެ ގަބޫލުކުރެއްވޭތީ ކަމަށެވެ.
ހައިލަމް ސިޔާސީ މައިދާނަށް ނުކުންނަވައި، ޖުމްހޫރީ ޕާޓީ(ޖޭޕީ)އާއި ގުޅިވަޑައިގެންނެވީ، މިދިޔަ މެއި މަހުގައެވެ.
