ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ޕީޕީއެމްއަށް މިރޭ ސޮއިކުރައްވައިފިއެވެ.

މޫސާ ސިރާޖު ޕީޕީއެމް އަށް ސޮއިކުރެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕެއިންގައި މިރޭ ލ. ގަމުގައި ބޭއްވި ޖަލްސާގައެވެ.

ސިރާޖުގެ ފޯމާ ހަވަލުވެލެއްވީ މުއިއްޒު އާއި އިދިކޮޅު ޕީޕީއެމް ކޯލިޝަން މި ވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމްއެވެ.

މޫސާ ސިރާޖު ވަނީ މިދިޔަ މަހު އެމްޑީޕީ އިން ވަކިވެވަޑައިގެން، މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވައިފައެވެ.

މުއިއްޒުއަށް ތާއިދު ކުރައްވަން ނިންމަވާ މޫސާ ސިރާޖު ވިދާޅުވީ ލ.އަތޮޅުގެ ނަތީޖާ މި ފަހަރު ތަފާތުވާނެ ކަމަށެވެ.