ލ.އަތޮޅު ކައުންސިލުގެ ރައީސް އިސްމާއީލް އަލީ ވެސް  ރަސްމީކޮށް ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.

އިސްމާއީލް އަލީ ޕީޕީއެމްއަށް ސޮއިކުރެއްވި ލ.ގަމުގެ އާބާދު ސަރަހައްދުގައި އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ކެމްޕޭން ޖަލްސާގައެވެ.

އޭނާ ސޮއިކުރެއްވި ފޯމާއި ހަވާލުވެވަޑައިގަތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒެވެ.

މި ޖަލްސާގައި ގަމުގައި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގައި އިސްކޮށް މަސައްކަތްކުރެއްވި ގިނަ ބޭފުޅުން ޕީޕީއެމްއަށް ސޮއިކުރައްވައިފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލައްކައަކަށްވުރެ ގިނަ ވޯޓު ހޯއްދެވި، މުއިއްޒުއަށް އިދިކޮޅު ގިނަ ބަޔަކު އަންނަނީ ތާއީދު ކުރަމުންނެވެ.