ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރާއްޖެއިން ބޭރުގައި ވޯޓުލާ މީހުންގެ އަދަދު ދެގުނަ އިތުރުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މިމަހުގެ ނުވަވަނަ ދުވަހު ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވަނީ 3،327 މީހުންނެވެ. ނަމަވެސް ދެވަނަ ބުރުގައި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް 6،223 މީހުން ރީރަޖިސްޓްރީކޮށްފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިންޑިއާ، ސްރީލަންކާ، ޔޫއޭއީ އަދި އިނގިރޭސިވިލާތުގައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮތީ މި މަހުގެ 30 ވަނަ ދުވަހުއެވެ.