ސަރުކާރު ބަންދުވިޔަސް މިއަދާއި މާދަމާ ވެސް އައިޑީ ކާޑު ދޫކުރާނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން(ޑީއެންއާރް) ބުނެފިއެވެ.

ޑީއެންއާރުން ނެރުނު ބަޔާނެއްގައި ބުނީ މި ދެ ދުވަހު ދޫކުރާނީ ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގައި ވޯޓުލުމަށް ބޭނުންވާ 18 އަހަރުން މަތީގެ ފަރާތްތަކުގެ އައިޑީކާޑުތައް ކަމަށެވެ.

މިއަދާއި މާދަމާ އައިޑީކާޑުތައް ދޫކުރާނީ ހެނދުނު 10:00 ން ހަވީރު 16:00 އާ ހަމައަށް ކަމަށް ޑީއެންއާރުން ބުނެއެވެ.