އިތުރު މަގުތައް ހެދުމާއި އެކު ސިޓީއެއްގައި ހުންނަ ފެންވަރަށް  އައްޑޫ ސިޓީގެ މަގުތައް ހަދައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނުގައި މިއަދު ައައްޑޫ ސިޓީއަށް ވަޑައިގެން، ހިތަދޫ ދެކުނު ޖަގަހައިގައޮ މުއިއްޒު އައްޑޫގެ ރައްޔިތުންނަށް އުފާވެރި ޚަބަރުތައް ދެއްވިއެވެ.

ގެދޮރުވެރިކަން ޔަގީންކޮށްދިނުމާއި އަތް ފޯރާ ފަށުގެ ލުއި ލޯނުދީގެން ގެދޮރު ބިނާ ކޮށްދިނުމަށް ފަހިކޮށްދިނުމަކީ އެމަނިކުފާނުގެ މައިގަނޑު އެއް އަމާޒުކަމުގައި ވެސް ވިދާޅުވިއެވެ.

”ފަސް އަހަރު ނިމޭ އިރު މި ސިޓީގައި ގެދޮރުވެރިކަން ޔަގީންނުވާ އެއްވެސް މީހަކު ނުހުންނާނެ. މި ސިޓީގެ ޕޯޓާއި ބަނދަރު ތަރައްގީކޮށް ޑިވެލޮޕް ކުރާ ވާހަކަ ދަންނަވާފައިވާނެ. އެކަން ކޮށްދޭނަން.“ މުޢިއްޒު ވިދާޅުވިއެވެ.

 

މީގެއިތުން، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ވަށައިގެން އޮތް ކުޅި އިތުރަށް ތަރައްޤީކޮށް، ހިތްފަސޭހަ ތަނަކަށް ހަދައިދިނުމާއި، މާލޭގައި ތަރައްޤީކުރި ރަސްރަނި ބަގީޗާ ފަދަ ރީތި ޕާރކެއް މި ސިޓީއާއި އެހެނިހެން ސިޓީތަކުގައި ވެސް ގާއިމް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.