އައްޑޫ ސިޓީ، މަރަދޫގައި އުމުރުން ދުވަސްވީ މީހަކު ދިރިއުޅޭ ގެއަކަށް މީހަކު ވަދެ އެގޭގައި ދިރިއުޅޭ މީހާ ބަނުމަށްފަހު ފޭރިފައިވާ މައްސަލައަކާ ގުޅިގެން 50 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި މައްސަލާގައި އަނިޔާލިބުނު މިހާ، ޓީޝާޓެއް ބޭނުން ކޮށްގެން ބަނދެފައިވަނިކޮށް ސަލާމަތްވާން މަސައްކަތް ކުރުމުގެ ތެރޭގައި، އެމީހާގެ ހުންނަ ހަމުގެ ބައްޔެއްގެ ސަބަބުން، އަތުގެ މުލައްދަނޑިއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.
އެއީ 81 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 06:12 އެހައިކަންހާއިރު ކަމަށާއި، މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް މައުލޫމާތުދީފައިވެއެވެ.
