ޕީޕީއެމް އާއި ޕީއެންސީގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފުގެ ފަހު ކެމްޕެއިން ހަރަކާތް ވަރަށް ގިނަ ބަޔަކާއިއެކު ފަށައިގެން ކުރިއަށް އެބަދެއެވެ.
އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ އޮފީީސް ދޮރުމަތިން ފެށި މި ހަރަކާތުގައި ވަރަށް ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ.
މުއިއްޒުގެ މެނިފެސްޓޯގައި އެންމެ ބޮޑު އިސްކަމެއް ދެއްވައިފައިވަނީ ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމަށެވެ. އެމަނިކުފާނުގެ އަމާޒަކީ، ފަސް އަހަރުގެ ދައުރު ނިމޭއިރު، ހުރިހައި ރައްޔިތުން ގެދޮރުވެރި ކުރުވުމެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ އޮންނާނެއެވެ.
މިއަދަކީ އިންތިހާބުގައި ވާދަ ކުރާ އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީއަށް ކެމްޕެއިން ކުރަން ލިބޭނެ ފަހު ދުވަހެވެ.
މިއަދު އިރުއޮއްސި ހައެއްގެ ފަހުން ކެމްޕެއިންގެ އެއްވެސް ހަރަކާތެއް ހިންގުން ހުއްދައެއް ނުވާނެއެވެ.
