މިއަދު ހެނދުނު ނުވައެއް ޖެހުމާއި ހަމައަށް ނިޔަލަށް 36،312 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން(އީސީ) ‏އިން ހާމަކޮށްފިއެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި، އެ ވަގުތާއި ހަމައަށް 12.84 އިންސައްތަ މީހުން ވަނީ ވޯޓުލައިފައެވެ.

އޭގެ ތެރޭގައި 8.20 އިންސައްތަ ފިރިހެނުންނާއި 4.64 އިންސައްތަ އަންހެނުން ހިމެނެއެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު 282,394 މީހުންނަށް ލިބުނުއިރު ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ 409 މީހުން ހިމެނެއެވެ. ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ، 282,804 މީހުންނަށެވެ.