މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ހައްގުވާ 70 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)އިން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މިއަދު މެންދުރު ތިނެއް ޖެހުމާއި ހަމައަށް 199،023 މީހުން ވޯޓުލާފައިވާ ކަމަށާއި، ވޯޓުނުލާ 83،781 މީހުން އެބަތިބި ކަމަށެވެ.

ދެވަނަ ބުރުގައި 282،804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.
ފަހެއް ޖަހާއިރު، ވޯޓު ފޮށިތައް ބަންދު ކުރާނެއެވެ.
