މި އަހަރުގެ ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީއަށް ކާމިޔާބު ކުރެވުމުން، ޕީއެންސީގެ ރައީސް، ތަފާތު ޕޯސްޓެއް ކުރައްވައިފިއެވެ.
އިދިކޮޅު ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް 126,395 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 108,478 ވޯޓެވެ.
މި ކާމިޔާބީއާއި ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ، ”މަސައްކަތް ނިންމައިލެވި ގެއަށް އާދެވިއްޖެ“ ކަމަށެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ، އިދިކޮޅުން މި އިންތިހާބުގައި ބޭނުން ކުރަމުން އައި ޝިއާރާއި އެއްގޮތަށް، ދިވެހީންގެރާއްޖެއަށް އާދެވުމުން ކަމަށް ބެލެވެއެވެ.
އިންތިހާބީ ރައީސް މުއިއްޒު، ކާމިޔާބީ އަށް ފަހުގައި އެންމެ ފުރަތަމަ ގޮވައިލެއްވީ އިދިކޮޅު ލީޑަރު، ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށެވެ. އިންތިހާބު ވުމުން، ހުވާ ކުރެއްވުމުގެ ކުރިން ވެސް، ސަރުކާރަށް މި އިލްތިމާސް ކުރެއްވުމަކީ މުއިއްޒުގެ ވައުދެކެވެ.
Job Done! I’m home!
— Abdul Raheem Abdulla (@Banafsaa) September 30, 2023
އިންތިހާބީ ރައީސް މުއިއްޒު އާއި ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފު(ސެމްބެ) މަގާމުގެ ހުވާ ކުރައްވާނީ އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ނޯމޯ ޓިނު ވައްކަން