އިއްޔެ ނިމިގެންދިޔަ ރިޔާސީ އިންތިހާ ދެވަނަ ބުރުގެ ވޯޓުލުމުގެ މަސައްކަތާ ގުޅިގެން މާދަމާ އަކީ ވެސް ދުވަސްވެސް، ސަރުކާރު ބަންދު ދުވަހެއް ކަމުގައި ހަމަޖައްސައިފިއެވެ.
މިކަން ހާމަކޮށް ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އޮކްޓޫބަރު މަހުގެ 2 ވާ ހޯމަ ދުވަހަކީވެސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފައިވާ ކަމަށެވެ.
މިގޮތަށް ހަމަޖެއްސެވީ، ސެޕްޓެންބަރު މަހުގެ 30 ވީ ހޮނިހިރު ދުވަހު ބޭއްވި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓާގުޅޭ އެކިއެކި މަސައްކަތްތަކުގައި، ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ވޯޓާ ގުޅިގެން ކުރަންޖެހުނު އެންމެހައި މަސައްކަތްތައް އަދި ނުނިމޭތީ، އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހަކީވެސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައި ވާތީ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
