ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައި ވަނީ، މީގެ އިރުކޮޅެއް ކުރިން ރައީސް އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވެސް ބައިވެރިވެވަޑައިގަތެވެ.

ބައްދަލުވުމުގެ ތަފްސީލު އަދި ހާމަކުރައްވައިފައެއް ނުވެއެވެ.

ބައިގަޑިއެއްހާއިރު ދެބޭފުޅުން ބައްދަލުކުރެއްވުމަށް ފަހު މުއިއްޒު ވަޑައިގެންނެވީ، އިދިކޮޅު ލީޑަރު، ރައީސް ޔާމީން ގެއަށް ބަދަލު ކުރާތީ، އެމަނިކުފާނުގެ ގެކޮޅު، ހ.ދޫވެހި ކައިރިއަށެވެ.