ހާހަކަށްވުރެ ގިނަ ދުވަސް ޖަލުގައި ހޭދަ ކުރެއްވި ރައީސް ޔާމީން ގެއަށް ބަދަލުކޮށްފިއެވެ.

Ads by Asuru

ވ.އާރަށުގެ މައްސަލާގައި މާފުށީ ޖަލުގައި 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް  ޔާމީން ގޭބަންދަށް ބަދަލުކުރީ މީގެ އިރުކޮޅެއް ކުރިންނެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ ރައީސް ޔާމީން ގެއަށް ބަދަލު ކުރީ ވަގުތީ ގޮތުން ކަމަށެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރާތީ އިދިކޮޅުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެމަނިކުފާނުގެ ގެ ހުންނަ ސަރަހައްދަށް އެއްވެފައެވެ.

އެތައް ދުވަހަކަށް ފަހު ރައީސް ޔާމީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައި މިވަނީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުން އެމްޑީޕީ ބޮޑުތަނުން ބަލިވެފައި ވަނިކޮށެވެ.