އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ޕާކިސްތާނު ސަރުކާރުން ތަހުނިޔާ ކިޔައިފިއެވެ.

Ads by Asuru

ޑރ މުއިއްޒުއަށް ތަހުނިޔާ ފޮނުވައި ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މުޢިއްޒު ހޯއްދެވީ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީއެއް ކަމަށާއި، މަނިކުފާނަށް ރައްޔިތުންގެ އިތުބާރު އޮތް މިންވަރު ހާމަވާ ކަމަށެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއަށް އިތުރު ފާގަތިކަމާއި ތަރައްގީ އާއި ކުރިއެރުމަށް އެދޭކަމުގައި އެ އެމްބަސީން ބުނެފައިވެއެވެ.

އިންތިހާބީ ރައީސް މުއިއްޒުއަށް ބޭރުގެ އެކި ގައުމުތަކުން އަންނަނީ ތަހުނިޔާ ކިޔަމުންނެވެ. އެގޮތުން އިންޑިއާ އާއި ޗައިނާ އިން ވެސް މަރުހަބާގެ މެސެޖު ފޮނުވާފައިވެއެވެ.