މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި 282,804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު 246،915 އަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލާފައެވެ.
ދެވަނަ ބުރުގެ ނަތީޖާ އަށް ބަލާ އިރު، އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވާފައެވެ. އެއީ ސައްހަ ވޯޓުގެ 54.04 އިންސައްތައެވެ.
އެމްޑީީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓު ހޯއްދެވިއިރު އެއީ ސައްހަ ވޯޓުގެ 45.96 އިންސައްތައެވެ.
