އިންތިޚާބީ ރައީސް، ޑރ.މުޙައްމަދު މުޢިއްޒުއަށް ރިޔާސީ އިންތިޚާބުން ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަ ކުރުން މިރޭ އޮންނާނެއެވެ.

މޫސުން ތަން ނުދޭތީ ލަސް ކުރި މި ހަރަކާތް އޮންނާނީ މިރޭ 20:30ގައި، ސޯޝަލް ސެންޓަރުގައެވެ. މި އިވެންޓަށް ހުރިހައި ދިވެހީންނަށް ވަނީ ދައުވަތު އަރުވައިފައެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ދެވަނަ ބުރުގައި މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފައެވެ. އެމްޑީީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ. އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރާނީ އާދިއްތަ ދުވަހުއެވެ.