މި އަހަރުގެ ރިޔާސީ އިންތިޚާބުން ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރެއްވުމުގެ ގޮތުން، އިންތިޚާބީ ރައީީސް ޑރ.މުޙައްމަދު މުޢިއްޒުއާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފު ސަޕޯޓަރުންނާއި މިރޭ ބައްދަލުކުރައްވައިފިއެވެ.

ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ގިނަ ބަޔަކު ބައިވެރިވިއެވެ.

އިންތިޚާބީ ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ރިޔާސީ ކެމްޕެއިނުގައި ވެވަޑައިގެންނެވި ވަޢުދުފުޅުތައް ހަނދުމަފުޅު ބަހައްޓަވާނެ ކަމަށާއި، މަޤާމުގެ ހުވާ ކުރައްވައި، ބާރަށް މަސައްކަތް ފައްޓަވާނެ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ވާދަކުރައްވައި މުޢިއްޒު ވަނީ، 129،159 ވޯޓު ހޯއްދަވައިފައެވެ. އެއީ 54 ޕަސެންޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 109،868 ވޯޓެވެ. އެއީ 46 ޕަސެންޓެވެ.