ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް އަލަށް އުފެދޭ ސަރުކާރުން ކުރިޔަށް ގެންގޮސްދެއްވައި ދިވެހި ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.
ރައީސް އިއްޔެ ވަނީ، ނޫސްވެރިންނާއި ބައްދަލު ކުރައްވައި، ސަރުކާރުން ކުރެއްވި މަސައްކަތްތަކާ ސަރުކާރު ބަދަލުވުމުގެ މަރުޙަލާކުރިޔަށްދާނެ ގޮތުގެ މައުލޫމާތު ނޫސްވެރިންނާ ޙިއްސާކުރައްވާފައެވެ.
ރައީސް ވިދާޅުވީ، އިންތީޚާބީ ރައީސް ނޮވެމްބަރު 11 ގައި ހުވާކުރެއްވުމުގައި ޤާނޫނީ ގޮތުން އޮތް ހައްލަކީ ކޮބައިތޯ ބައްލަވަމުން ގެންދަވާކަމަށެވެ. އަދި އެމަނިކުފާނުވެސް އެދިވަޑައިގަންނަވަނީ، އިންތިޚާބީ ރައީސަށް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުވާކުރެއްވޭނޭ ގޮތް ހަމަޖެހިގެން ދިޔުން ކަމަށް ވެސް ވިދާޅުވިއެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި، ރައީސް ވިދާޅުވީ، މިހާރު ކުރެވެމުން ދަނީ ސުލްޙަވެރިކަމާއި އެކު ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ. މިގޮތުން އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒާއި ބައްދަލުކުރައްވާފައިވާ ކަމަށާއި، ސަރުކާރު ބަދަލުކުރުމުގެ މަރުޙަލާ ކުރިޔަށް ގެންދިޔުމަށްޓަކައި ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށެވެ. އަދި އުއްމީދުކުރައްވަނީ އެމަސައްކަތް ޞުލްޙަވެރިކަމާއިއެކު ކުރިޔަށް ގެންދިއުން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ރައީސް ޞާލިޙު ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުދުވަހު ދަތިތަކާއި އުނދަގޫތަކާއި އެކުވެސް ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ކޮށްދެއްވިއްޖެކަމުގެ އިޙްޞާސްކުރެއްވޭ ކަމަށެވެ.
އަދި ހެޔޮވެރިކަމެއް ރައްޔިތުންނަށް ކޮށްދެއްވިއްޖެ ކަމުގެ އުފާވެސް މިއަދު އިޙްސާސްކުރެއްވޭ ކަމުގައި ވިދާޅުވިއެވެ.
ސޯލިހު ނުބުއްޏަސް މުއިއްޒު ގެންދާނެނު ކުރިއައް މިއޮއްހުރިހާދުވަހު ހުރެފަ ކުރަށްތިއުޅެގަތީ.މުއިއްޒެއްނޫނޭކުރީ ބުނަށް އެހެންވެރިން ދައުރުނިމެއްވީމަ ދެންމަޑުންތިބެނީ އެއީ ރިސްވަތުގެތެރެއަށް ވަންނާތީ މީވަރަށްރިސްވަތުގެކަންތައް ބޮޑުސަރުކާރެއް