އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒަކީ ސުލްހަވެރި މާހައުުލެއް ގާއިމުކުރެއްވުމުގެ ގާބިލުކަން ހުރި ބޭފުޅެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ދައުވަތަކަށް އިންތިޚާބީ ރައީސް މުޢިއްޒުއާއި އެމަނިކުފާނުގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) މިއަދު ވަނީ މަޖިލީހުގެ އިދާރާއަށް ވަޑައިގެން ނަޝީދާ ބައްދަލުކުރައްވާފައެވެ. މިކަންކަމަށް އިޝާރާާތް ކުރައްވައި، ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤައުމުގެ ރައްޔިތުން އެދެނީ މައްސަލަތައް ހައްލު ކުރުމުގައި ހުރިހާ ސިޔާސީ ވެރިން ސުލްހަ މަސަލަސްކަމާއެކު މަސައްކަތް ކުރުމަށް ކަމަށެވެ.

އަދި މުޢިއްޒަކީ ސުލްހަވެރި މާހައުުލެއް ގާއިމުކުރެއްވުމުގެ ގާބިލުކަން ހުރި ބޭފުޅެއް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.