ރިޔާސީ އިންތިޚާބާ ގުޅިގެން އެ ކޮމިޝަނަށް މިހާތަނަށް ހުށަހަޅާފައިވަނީ ޖުމްލަ 97 މައްސަލަ ކަމަށާއި އޭގެތެރެއިން 52 މައްސަލައެއް ރަޖިސްޓްރީކޮށް ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފިއެވެ.

އެ ކޮމިޝަނުން ބުނީ ރިޔާސީ އިންތިޚާބާ ގުޅިގެން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީތަކުން ހުށަހެޅި ތިން މައްސަލައާއި އިލެކްޝަންސް ކޮމިޝަންގެ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއިން ހުށަހެޅި ފަސް މައްސަލައާއި އަމިއްލަ ފަރުދުން ހުށަހެޅި 27 މައްސަލައާއި ދައުލަތުގެ އިދާރާތަކުން ހުށަހެޅި އެއް މައްސަލައާއި ކާކުކަން ނޭނގޭ ގޮތަށް ހުށަހެޅި 61 މައްސަލަ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ ހުށަހެޅި 97 މައްސަލައިގެ ތެރޭގައި އެއްކަމަކާ ގުޅޭ ޝަކުވާ ރިޕީޓްކޮށް ހުށަހަޅާފައިވާކަން ފާހަގަކުރެވޭ ކަމަށާއި، ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 52 މައްސަލައެއް ރަޖިސްޓްރީކޮށް  ކޮމިޝަނުން ގެންދަނީ ބަލަމުން ކަމަށެވެ.

ރަޖިސްޓްރީ ކުރި މައްސަލަ ތަކުގެ ތެރޭގައި އިންތިޚާބީ ރިޝްވަތުގެ 36 މައްސަލައާއި ނުފޫޒު ފޯރުވުމުގެ 11 މައްސަލައާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކުރުމުގެ ފަށް މައްސަލަ ހިމެނޭ ކަމަށް އޭސީސީން ބުންޏެވެ.