މާލޭގެ ފިހާރައެއްގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
ފިރިހެނަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވަނީ އަންހެނެކެވެ.
މި މައްސަލައިގައި ފުލުހުންގެ ހައްޔަރަށް 29 އަހަރުގެ އަންހެނަކު ގެންގޮސްފައިވެއެވެ.
ސޯޝަލްމީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަގޮތުން އަންހެން މީހާ ފިރިހެން މީހާއަށް ތޫނުއެއްޗަކުން ހަމަލާދީފައިވަނީ މޮބައިލް ފޯނު ފިހާރައެއްގެ ތެރެއިންނެވެ.
އަދި އެމީހާގެ ކަރާ ދިމާލަށް ހަމަލާދޭ މަންޒަރު ވީޑިއޯއިން ފެނެއެވެ.
މި ހަމަލާގައި ޒަހަމްވި މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލަތު މިހާރު ރަނގަޅުކަމަށް މައުލޫމާތުލިބެއެވެ.
އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ މަޖީދީ މަގުގައި ހުންނަ ”ޑްރީމްސް މޮބައިލް“ގައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
