ކުރީގެ ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުން މިއަދުވެސް ކެންސަލްކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުމެއް ބާއްވާ ގޮތަށް އޮތީ، ހައިކޯޓުގައި މިއަދު މެންދުރުފަހު 2:00ގައެވެ.

މިއަދުގެ އަޑުއެހުން ކެންސަލް ކުރީ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެދިގެންނެވެ.

ޕީޖީން އެދިގެން މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައި ވާއިރު މިދިޔަ މަހުގެ 21 ވަނަ ދުވަހަށް ތާވަލުކުރި އަޑުއެހުންވެސް ކެންސަލްކުރީ ޕީޖީ އޮފީހުން އެދިގެންނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދީގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ އެ މަނިކުފާނު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.