ވެރިރަށް މާލޭގެ އޯކިޑު މަގުގައި ހުރި ސައިކަލެއް ވަގަށް ނަގައިގެން އެ ސައިކަލުގައި ދުއްވާފައި ދަމުން މީހެއްގެ ދަބަސް ފޭރިގަނެގެން ފިލަން މަސައްކަތް ކުރަނިކޮށް ދެ މީހަކު އެކްސިޑެންޓްވެއްޖެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ލިލީ މަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ މިރޭ 19:02 ހާއިރު ކަމަށެވެ.
އެކްސިޑެންޓްވި އެއް ސައިކަލަކީ މީހެއްގެ އަތުން ފޭރިގަނެގެން ދުއްވާފައި ދިޔަ ސައިކަލެއް ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެނގިފައިވާ ގޮތުގައި ވަގަށް ނެގި ސައިކަލުގައި ދިޔަ ދެ މީހުން އަތްދަބަސް ފޭރިގަތީ ލިލީމަގުގައި ހުރި ފަތުރުވެރިއެއްގެ އަތުންނެވެ.

ދަބަސް ފޭރިގަނެގެން ފިލަން މަސައްކަތް ކުރަނިކޮށް އެކްސިޑެންޓްވީ ދިވެހި އިންޝުއަރެންސް އޮފީހާ ހިސާބުންނެވެ.