ފަލަސްޠީނުގައި ޔަހޫދީންގެ އަނިޔާވެރިކަމާއި ދެކޮޅަށް ނުކުމެ ހަނގުރާމަ ކުރަމުން އަންނަ މުޖާހިދުންނަށް ނަސްރު ދެއްވުން އެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ވެސް ގުނޫތު ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ އިޒްރޭލްގެ ސަޙްޔޫނީ ޔަހޫދީންގެ ފަރާތުން ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށްދެއްވައި އަމާންކަމާއި ރައްކާތެރިކަމާއި ކެތްތެރިކަން ދެއްވުން އެދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގުނޫތު ނާޒިލާ ކިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުޢަތުގެ އިޢިުތިދާލުގައި ގުނޫޒު ނާޒިލާ ކިޔުމަށް އިމާމުންނަށް އަންގައިދިނުމަށް ސާކިއުލާގައި އެދިފައިވެއެވެ.