ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވެސް ޑރ.މުޢިއްޒު އެންމެ ގިނައިން ދެއްކެވި އެެއް ވާހަކައަކީ މި ސަރުކާރުން ފަށާފައި ހުރި އެއްވެސް މަޝްރޫއުތައް ހުއްޓައިނުލާނެ ވާހަކައެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހުގައި، އެމަނިކުފާނު އެންމެ ފުރަތަމަ ކުރެއްވި ތަޤުރީރުގައި ވެސް މި ވަޢުދު ތަކުރާރު ކުރެއްވިއެވެ.
މުޢިއްޒު ވަނީ ސިޔާސީ މަޤާމުތައް ފިޔަވައި، އެހެން ވަޒީފާތަކުން އެއްވެސް މީހަކު ވަކި ނުކުރައްވާނެ ކަމަށް ވަ‘ ވިދާޅުވެފައެވެ.
