މި އަހަރުގެ ޒުވާނުންގެ އެވޯޑް ކެންސަލްކޮށްފައިވާ ކަމަށް ޔޫތު މިނިސްޓްރީއިން  ބުނެފިއެވެ.

ޔޫތު މިނިސްޓްރީއިން އިއްޔެ ބުނީ މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި މަހުގެ 22 ގައި ދިނުމަށް ހަމަޖެހިފައިވާ ޒުވާނުންގެ އެވޯޑަށް އެކަށިގެންވާ އަދަދަކަށް ކުރިމަތިލާފައިނުވާ ކަމަށެވެ.

އެހެންވެ މި އަހަރުގެ ޒުވާނުންގެ އެވޯޑް ކެންސަލްކުރެވިފައިވާ ކަމަށް ޔޫތު މިނިސްޓްރީއިން ބުންޏެވެ.

މިިނިސްޓްރީން ބުނީ މި އެވޯޑް ދޭނެ ދުވަހެއް ފަހުގެ ތާރީޚެއްގައި އިއުލާނުކުރާނެ ކަމަށެވެ.