މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރެއްވުމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ނިންމަވައިފިއެވެ.
ހުސައިންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި މިއަދު ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ މޭޔަރުގެ މަގާމަށް އޭނާ ވާދަކުރައްވާނެ ކަމަށާއި ހުރިހާ ބޭފުޅުންގެ ތާއީދާއި ލޯތްބާއި ދުއާ ބޭނުންވާ ކަމަށެވެ.
”ގިނަ ބަޔަކު މިސުވާލުގެ ޖަވާބު ބޭނުންވާތީ ދަންނަވާލީ،“ ހުސައިން ވިދާޅުވިއެވެ.
ކުރީގެ ސީޕީ ވަނީ، އިދިކޮޅު ލީޑަރު، ރައީސް ޔާމީންގެ ވެރިކަމުގައި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމާއި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަަޤާމު ވެސް އަދާކުރައްވާފައެވެ.
ހުސައިން މޭޔަރުގެ މަގާމަށް ވާދަކުރައްވަނީ ކޮން ޕާޓީ އަކުން ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.
