ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު 50 ބިލިއަން ރުފިޔާއާ ގާތްކުރާނެ ކަމަށް ލަފާކޮށްފިއެވެ.

މި އަދަދު ލަފާކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފިސްކަލް ސްޓްރެޓެޖީ ބަޔާނުގައެވެ.

އެ ބަޔާނުގައި ވަނީ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވަނީ 48 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެއް ކަމަށެވެ.

ބަޔާނުގައިވާ ގޮތުން އަންނަ އަހަރުގެ ބަޖެޓު ދަރަނި އުޅޭނީ ގާތްގަނޑަކަށް 9.8 ބިލިއަން ރުފިޔާގައެވެ.

ރިކަރަންޓް ޚަރަދުގެ ގޮތުގައި ގާތްގަނޑަށް 33 ބިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށް ލަފާކޮށްފައިވާއިރު ތަރައްޤީގެ މަޝްރޫޢުތަކަށް 15 ބިލިއަން ރުފިޔާ ވަރު ޚަރަދުކުރުމަށް ނިންމާފައިވެއެވެ.