ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ނިންމައިދެވުނު ކަމެއް ބުނެދިނުމަށް ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު ޢަލީ ޢާޒިމް އެދިވަޑައިގެންފިއެވެ.

ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރާ އަމީނީ މަގުގެ މަސައްކަތް މި ދައުރުގައި ނިންމާނުލެވޭނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.

އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ލިޔުއްވީ، އަމީނީ މަގުގެ މަސައްކަތް މި ދައުރުގައި ނުނިމޭނެކަން ސަރުކާރުން ކަށަވަރު ކޮށްދިނުމުންނެވެ.

ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށްދާ ސްޓޯމް ވޯޓަރ ޕްރޮޖެކްޓަށް އަމީނީމަގުގައި ވަރަށް ފަލަ ހޮޅިތަކެއް ވަޅުލަންޖެހޭ ކަމަށެވެ.

އެ ހޮޅިތަކަކީ ރާއްޖޭން ބޭރުން ގެންނަންޖެހޭ ހޮޅިތަކެއް ކަމަށާއި، އެމަސައްކަތް ކުރުމަށް ދެތިން މަސް ނަގާނެކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ހިންގަވަން އުޅުއްވި އެންމެ ބޮޑު އެއް މަޝްރޫޢު ކަމުގައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތް ވެސް މި ދައުރުގައި ނުނިންމޭނެކަން ސަރުކާރުން ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.