ބަނގުރާ ބޭނުންކޮށް ގެންގުޅުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި  ހައްޔަރުކުރީ ޖިނޯ ބޭބީ ދާސް (28އ) ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ތިލަފުށީގައި އުޅޭ މީހެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

އޭނާ ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ހާލަތުގެ ގޮތުގައި ފިލާފާނެކަމުގެ އިހުތިމާލު އޮތުން ހިމެނެއެވެ.