ފާރިސް މި ފަހަރު ވެސް މަޖިލީހަށް ވާދަ ކުރައްވަނީ
17 އޮކްޓޯބަރ 2023

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަލުން އަޙްމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާރިސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މައި މަރުކަޒުކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައިފައިވާކަމަށެވެ.

19 ވަނަ މަޖިލީހަށް ވެސް އޭނާ ވާދަ ކުރެއްވީ ހަމަ އެ ދާއިރާއަށެވެ.

އަދި އެ ދާއިރާގެ ހުރިހައި ރައްޔިތުންގެ ތާއީދަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާރިސްވަނީ 18ވަނަ ރައްޔިތުންގެ މަޖިލީހުގައި 2015 ވަނަ އަހަރުން 2019 ވަނަ އަހަރަށް ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރުކަން ކުރައްވާފައެވެ.