ޖަޕާން ސަރުކާރުގެ އެހީގައި ޔޫއެންއޯޑީސީގެ ފަރާތުން ދިވެހި ފުލުހުންނަށް ޑްރަގް އަދި ޕްރިކަސަރ ފީލްޑް ޓެސްޓް ކިޓު ހަދިޔާކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެ ވަޑައިގަތީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ.

ފުލުހުން ވިދާޅުވީ، ޖަޕާން ސަރުކާރުގެ އެހީގައި ހަދިޔާކުރި ޑްރަގް އަދި ޕްރިކަރސަރ ފީލްޑް ޓެސްޓް ކިޓުތަކަކީ، މަސްތުވާތަކެތި ދެނެގަތުމަށްޓަކައި ބޭނުންވާ ރިއެޖަންޓް ޓޫލްސް ހިމެނިގެންވާ، ވޯޓަރ ރެސިސްޓަންޓް ކިޓުތަކެއް ކަމަށެވެ.

އެގޮތުން މިއީ ފުރަތަމަ މަރުހަލާއިން މަސްތުވާތަކެތި ދެނެގަތުމަށްޓަކައި އެހީތެރިވެދޭނެ ކިޓުތަކެއް ކަމަށް ފުލުހުން ވެސް ބުނެފައިވެއެވެ.

މި ކިޓުތަކުގެ އެހީގައި، މަސްތުވާތަކެތީގެ ބާވަތްތަކާއި އެކުލެވިގެންވާ މާއްދާތައް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދެނެގަނެވޭނެ ކަމަށް ފުލުހުން ހާމަކުރައްވައެވެ.

މީގެ އިތުރުން މި ޓެސްޓް ކިޓުތަކުގެ ސަބަބުން ފްރޮންޓްލައިން އޮފިސަރުންގެ މަސައްކަތްތައް ފަސޭހަވެގެންދިޔުމާއި، ފީލްޑް އޮފިސަރުންނަށް ކްރައިމް ސީންގައި ހުންނަ ޝައްކުކުރެވޭ ތަކެތި ފަސޭހަކަމާއެކު ދެނެގަނެވޭނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ޑްރަގް އަދި ޕްރިކަރސަރ ފީލްޑް ޓެސްޓް ކިޓުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ހެޑް އޮފް ކޮމިޝަނަރސް ބިއުރޯ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސަބާޙް، ހެޑް އޮފް ކްރައިމް ސީން އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުސްތާޤް މުޙައްމަދު، ހެޑް އޮފް އެވިޑެންސް ކޮންޓްރޯލް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ މޫސާގެ އިތުރުން ޔޫއެންއޯޑީސީ މާލޭ އޮފީހުގެ ހެޑް އެންރިކޯ ބޮނެންސީނާ ބައިވެރިވެލެއްވިއެވެ.

މީގެ އިތުރުން މި ޓެސްޓް ކިޓުތަކުގެ ސަބަބުން ފްރޮންޓްލައިން އޮފިސަރުންގެ މަސައްކަތްތައް ފަސޭހަވެގެންދިޔުމާއި ފީލްޑް އޮފިސަރުންނަށް ކްރައިމް ސީންގައި ހުންނަ ޝައްކުކުރެވޭ ތަކެތި ފަސޭހަކަމާއެކު ދެނެގަނެވޭނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ޑްރަގް އަދި ޕްރިކަރސަރ ފީލްޑް ޓެސްޓް ކިޓު ތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ހެޑް އޮފް ކޮމިޝަނަރސް ބިއުރޯ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސަބާހް، ހެޑް އޮފް ކްރައިމް ސީން އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުސްތާޤް މުހައްމަދު، ހެޑް އޮފް އެވިޑެންސް ކޮންޓްރޯލް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ މޫސާގެ އިތުރުން ޔޫއެންއޯޑީސީ މާލޭ އޮފީހުގެ ހެޑް އެންރިކޯ ބޮނެންސީނާ ބައިވެރިވެލެއްވިއެވެ.