ކަނޑުމަތިން މީހެއްގެ ފުރާނަ ނެތް ހަށިގަނޑު ފެނިއްޖެއެވެ.
ފުލުހުން ބުނީ އެ ހަށިގަނޑު ފެނިފައި ވަނީ މާލެއާ ކައިރީ އޮންނަ ދޫނިދޫ އާއި ފުނަދޫއާ ދޭތެރޭ ކަނޑުމަތިން ކަމަށެވެ.
އަދި އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ބުންޏެވެ.
”އެމްވީ ކްރައިސިސް“އިން މިއަދު އާއްމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި އެއީ ބަރަހަނާއަށް އޮތް ފިރިހެނެއްގެ ހަށިގަނޑު ކަމަށް ބެލެވ އެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން އަދި އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
