ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ވާދަކުރައްވަން ނިންމަވައިފިއެވެ.
އެކަން އިއުލާން ކުރައްވައި، ޓޮމް ވިދާޅުވީ އެ މަގާމަށް ވާދަކުރައްވާތީ ރާއްޖޭގެ ފުޓްބޯޅަ މިހާރު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ދޭން އެދިވަޑައިގަންނަވާ ކަމަށެވެ.
”[އެފްއޭއެމްގެ] ކުރިއަށް އޮތް އިންތިޚާބުގައި އަޅުގަނޑު ވާދަކުރަން ނިންމައިފިން.“ ކުރީގެ ކުޅުންތެރިޔާ ވިދާޅުވިއެވެ.
އެފްއޭއެމްގެ ރައީސްކަމަށް ޓޮމް ވާދަކުރައްވަން ޓޮމް ނިންމެވި އިރު، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވެސް އެފްއޭއެމްގެ ރައީސްކަމަށް ވާދަ ކުރައްވާނެ ކަމަށް ވަނީ އަޑުފެތުރިފައެވެ. ނަމަވެސް މިކަމަށް އަޝްފާގުގެ ބަހެއް ނުލިބެއެވެ.

ވީ ވޯންޓް ދަނގޭ! ޓޮމް އެންޑް ބައްސާމް އައުޓް!