އެކްޓަރު ޢަލީ ސީޒަން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރަން ނިންމައިފިއެވެ.

މިކަން ހާމަކޮށް އޭނާ ބައެއް މީޑިއާތަކަށް ބުނީ، ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ތުލުސްދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށެވެ.

ދާދިފަހުން ސީޒަން ވަނީ ފިލްމީ ދާއިރާއިން ބްރޭކެއް ނެގިކަން ހާމަކޮށްފައެވެ. އޭނާ ބުނި ގޮތުގައި ބްރޭކެއް ނެގީ މަޖިލީހަށް ކުރިމަތިލައްވާތީ ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި ސީޒަން ވަނީ ޕީއެންސީގެ ރިިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެނައުމަށް ކެމްޕޭނުގައި ބައިވެރިވެފައެވެ.