ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަށް ދިން ހަމަލާއާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

Ads by Asuru

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކެމްޕެއިން ރެލީއެއްގައި ހުންނަވަނިކޮށް އަބޭއަށް ބަޑިން ހަމަލާ ދިނުމަކީ އެމަނިކުފާނު ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އަދި އެމަނިކުފާނާއި ދިވެހި ރައްޔިތުންގެ ހެޔޮ ދުއާ ވަނީ އަބޭއާ އެކުގައި ކަަމަށްވެސް ވިދާޅުވިއެވެ.

ޖަޕާންގެ ޗީފް ކެބިނެޓް ސެކްރެޓަކީ ހިރޮކަޒު މަޓްސުނޯ ވިދާޅުވީ އަބޭގެ ހަށިކޮޅަށް ބަޑިން ހަމަލާ ދީފައި ވަނީ މިއަދު އެގައުމުގެ ނާރާ ސިޓީގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ތަގުރީރު ކުރައްވަން ހުންނަވަނިކޮށް ކަމަށެވެ. އަބޭއަށް މިހާރު ދަނީ ނާރާ މެޑިކަލް ޔުނިވާސިޓީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.