މާލޭގައި ހިންގަމުން އަންނަ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ދިވެއްސަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުގެރޭ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ރޭ 4:32 ހާއިރު ވެސް ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލައިގެން ރިޕޯޓުކޮށްފައިވެއެވެ.

އަމީނީ މަގު ފުރުގާން މިސްކިތް ކުރިމަތީގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި އެ މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެއެވެ.